ސެމީފައިނަލް:"ދަރިވަރުންގެ އެކުވެރިކަން،ކާމިޔާބުގެ ސިއްރު".
މިރޭ(29ސެޕްޓެމްބަރ 2010) ގައި ކުޅެން ހަމަޖެހިފައިވާ ސެމީފައިނަލް މެޗްގައި ސަޕޯޓުރުމަށްޓަކައި ވީހާވެސް ގިނަ ދަރިވަރުން ތަކެއް ދިޔުމަށް އެފް.އެސް.އެލް ގެ ފަރާތުން ވާދަކުރާ ފުޓްބޯޅަޓީމުން ވަރަށް ބޮޑަށް އެދެއެވެ. އެހެންކަމުން ވީހާވެސް ގިނަކުދިން މިރޭ 8 ޖަހާއިރު މެޗްކުޅޭތަނަށް ދިއުމަށް ވަރަށް ބޮޑަށްއެދެމެވެ. ތިޔައެންމެ ދަރިވަރުންގެ ސަޕޯޓަކީ ކާމިޔާބު ލިބިމަށް ދެވޭ ވަރަށް ވަރުގަދަ ބޭހެއް ކަން އަބަދުވެސް ހަނދާން ކުރަންވާނެއެވެ. ތިޔަދަރިވަރުންގެ އެހީތެރިކަމާނުލައި ކާމިޔާބަކައި ހަމަށް ވާސިލްވުން ވަރަށް ދުރެވެ. ތިޔަކޮންމެ ދަރިވަރެއްގެ އެހީތެރިކަން މިރޭލިބިގެންދާނެކަމަށް އުންމީދުކުރަމެވެ.